މިސްކިތަށް ވަންނަން ދީޕިކާ އާއި ސޮނާކްޝީ ބުރުގާ އެޅުމުން އިންޑިއާގައި ފާޑުކިޔަނީ

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 7:01

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ހުންނަ ޝެއިހް ޒައިދު މިސްކިތަށް ވަނުމަށް، ބޮލީވުޑްގެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ސޮނާކްޝީ ސިންހަ ބުރުގާ އެޅުމުން އިންޑިއާގައި ފާޑުކިޔުން ބޮޑުވެއްޖެ އެވެ.

ދީޕިކާ އެ މިސްކިތަށް ވަނީ އަބޫ ދާބީގެ ޓޫރިޒަމް އިޝްތިހާރުކުރަން ވީޑިއޯއެއް ނަގާށެވެ. "ވިޒިޓް އަބޫ ދާބީ"ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކޮށްފައިވާ އެ އިޝްތިހާރުގައި ދީޕިކާއާ އެކު އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވެސް ފެނެ އެވެ.

އެ އިޝްތިހާރުގައި ދީޕިކާ ހުންނަނީ ބުރުގާ އަޅައިގެން އަދި އަބާޔާ ވެސް ލައިގެންނެވެ.

މައުޟޫޢުތަށް