މައިންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެ
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 4:52
މައިންގެ ގައިިން ތުއްތު ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުފެތުރޭ ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ގޮތުގައި އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިންގެ ގައިން ތުއްތުދަރިފުޅަށް އެރުން ރާއްޖޭން މިހާރު ވަނީ ނައްތާލައިފަ އެވެ. މީގެ ތެެރެއިން އެޗްއައިވީ އާއި ސިފިލިސް މައިންގެ ގައިން ތުއްތު ދަރިންނަށް އެރުން ހުއްޓުވާފައިވާކަން ޑަބްލިއުއެޗްއޯ އިން 2019 ވަނަ އަހަރު ވަނީ ބަލައިގެންފަ އެވެ.
މައިންގެ ގައިން ތުއްތު ދަރިންނަށް ތިން ބައްޔެއް އެރުން ހުއްޓުވި ފުރަަތަމަ ގައުމަށް ރާއްޖެ ވީ، ހެޕަޓައިޓިސް-ބީ އެގޮތަށް ފެތުރުން ހުއްޓުވުނުކަން ޑަބްލިއުއެޗްއޯއިން ބަލައިގަތުމާ އެކުގަ އެވެ.