ހޯމް ޕްރެޝަރާއި ހޯމް އެޑްވާންޓޭޖް ވެސް އެބައޮތް: މޯހަން
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 7:28
ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭގައި ކުޅޭ މެޗަށް ނުކުންނަ ދިވެހި ޓީމަށް ހޯމް ޕްރެޝަރާއި ހޯމް އެޑްވާންޓޭޖް ވެސް އެބައޮތް ކަމަށް ގައުމީ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭން ކުޅޭ މެޗަކީ ދެ އަހަރަށް ފަހު ދިވެހި ޓީމުން ކުޅޭ ފުރަތަމަ ހޯމެ މެޗެވެ. ދިވެހި ޓީމުން އެންމެ ފަހުން ގަލޮޅު ދަނޑުގައި މެޗެއް ކުޅުނީ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގް މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް އޮކްޓޯބަރު 2023 ގަ އެވެ.
އޭގެ ދެ އަހަރު ފަހުން ގައުމީ ޓީމުން މާދަމާ ގަލޮޅު ދަނޑުގައި މެޗަކަށް ނުކުންނަ އިރު އެޑްވާންޓޭޖާއި އެއްވަރަށް ޕްރެޝަރު ވެސް އެބައޮތް ކަމަށް މޯހަން ބުންޏެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭ އިރު ހޯމް އެޑްވާންޓޭޖާއި ޕްރެޝަރަކީ ވެސް އޮންނަ އެއްޗެއް ކަމަށެވެ.