ތަޖިކިސްތާން އަތުން ބަލިނުވެ ސަލާމާތްވާން ރާއްޖެ އަށް "ގޮތެއް ހަދާލެވިދާނެ"
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 7:15
އޭޝިއަން ކަޕް ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާގެ ޓާގެޓަކީ ބަލިނުވެ ސަލާމަތްވުން ކަމަށް ރާއްޖޭގެ ގައުމޯ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.
ތަޖިކިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރާއްޖޭން ނުކުންނާނެ އެވެ. މީގެ 14 އަހަރު ކުރިން ރާއްޖޭން ވަނީ ގަލޮޅު ދަނޑުގައި ތަޖިކިސްތާނާ ކުޅެ އެއްވަރުކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕަށް ކޮލިފައިވުމަށް މާޗް 2011 ގައި ރާއްޖޭގައި ކުޅުނު ކޮލިފައިންގައި ދިވެހި ޓީމުން ވަނީ ލަނޑެއް ޖެހިޔަ ނުދީ ތަޖިކިސްތާން ހިފަހައްޓައިފަ އެވެ.