ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް: ރައީސް
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 9:32
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ގާތަށް ދަތުރުފުޅުތައް ކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދައިދިނުމާއި ރައްޔިތުން ބޭނުންވާ އިތުރު ކަންކަން ރައްޔިތުންގެ ފަރާތުން އަޑު އައްސަވައި އެ ކަންކަން ވެސް ކޮށްދިނުމަށް ކަމަށެވެ.
އެ ކަންކަމުން ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.