އައްޑޫ އެކުވުމާއި ވަކިވުމުގެ ބަހުސް ނިމޭކަށް ނެތް!

މިހާރު

20 އޮކްޓޯބަރު 2025 | ހޯމަ | 10:43

މުޅި އައްޑޫ، ސިޓީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުގައި އޮންނަ އޮތުން ބަދަލުކޮށް ބައެއް ރަށްތަކުގައި ވަކިން ކައުންސިލް ހަދައިގެން ހިންގުމާ މެދު އޮތް ހިޔާލު ތަފާތުވުމުގެ ފުންމިން ރޭ ބޭއްވި "މިހާރު" ގެ "އައްޑޫ ބަހުސް" އިން ތަސައްވަރުވި އެވެ.

ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކިން ކައުންސިލް ހަދައިގެން ހިންގުމާ މެދު ފެންނަ ގޮތެއް ބެލުމަށް، އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ރާއްޖޭގެ އެއް އަތޮޅެއްގެ ހުރިހާ ރަށެއް ޝާމިލްވާ ރާއްޖޭގެ ހަމައެކަނި ސިޓީ "ރޫޅާލުން" ކަމަށް އެއްބަޔަކު ބުނާއިރު މިއީ އައްޑުއަށް ލާމަރުކަޒީ ގޮތުން ހައްގުތައް ކަށަވަރުކުރުމުގެ ވޯޓުގެ ގޮތުގައި އަނެއް ބަޔަކު ދެކެ އެވެ.

އައްޑޫ ސިޓީގެ އެންމެ ބޮޑު އާބާދީ، ހިތަދޫއަށް އިދާރީ ގޮތުން ބޮޑު ކޮންޓްރޯލެއް ލިބޭ ގޮތަށް އޮންނަ ސިޓީ ކައުންސިލުން ވަކިވުމަށް، އެއް ފަސްގަނޑަކުން އައްޑޫގައި ނުގުޅި އޮތް ހަމައެކަނި ދެ ރަށް ކަމަށްވާ މީދޫ އާއި ހުޅުދޫގެ ބައެއް ރައްޔިތުން މަސައްކަތް ކުރާތާ ވަރަށް ޒަމާންވެއްޖެ އެވެ. އެ މީހުން ބުނާ ގޮތުން އެއީ ހުޅުދޫ އަދި މީދޫއަށް ހަގީގީ ބާރުވެރިކަން ހޯދަން މަސައްކަތްކުރާ މަސައްކަތެވެ. ރަށެއްގެ ބާރުވެރިކަން ނެތި، އަވަށެއްގެ ގޮތުގެ އޮންނަން ބޭނުން ނުވަނީ އެވެ.

މައުޟޫޢުތަށް