ޖޫރިމަނާ އާއި ފީތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލްކޮށްދެނީ
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 8:08
ބިދޭސީންގެ ޖޫރިމަނާ އާއި ފީތައް ފަހުން ދައްކަން އެއްބަސްވެއްޖެ ނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލް ކޮށްދޭން ހޯމް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ބަދަލާ އެކު، މިއަދުން ފެށިގެން ވޯކް ޕާމިޓްތަކާ ގުޅުން ހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން، ވޯކް ޕާމިޓްތައް ބާތިލު ކުރެވޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.