ޓޫރިޒަމް ދާއިރާގެ ފައިދާ ހޯދުމުގެ ގާބިލްކަން ދަނީ ހަނިވަމުން: ހަލީލް

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 10:54

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނަށް ބޭރުން ފައިނޭންސިން ހޯދަން ދަތިވެފައިވާ ކަމަށް ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ދާއިރާ އިން ރައީސަށް ލަފާ އަރުވަން ހާއްސަ ކުރައްވާފައިވާ އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހައްމަދު ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމްގައި ހަލީލް ވިދާޅުވީ، ބީއެމްއެލް އިން ކޮންމެވެސް ވަރެއްގެ ފައިނޭންސިންއެއް ލިބުނަސް އެންމެ އެކަށީގެންވާ ގޮތެއްގައި އިންވެސްޓަރުންނަށް ބޭނުންވާ ފައިސާ ނުލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެސް 70 ވަރަކަށް ރިސޯޓު ނުހެދި މަޑުޖެހިފައިވަނީ ބޭނުންވާ ފައިނޭންސިން ނުލިބުމުގެ ސަބަބުން ކަމަށެވެ.

ހަލީލް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ "ރިޓާން އޮން އިންވެސްޓްމެންޓް" ނުވަތަ އެ ދާއިރާއަށް ކުރާ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާ ވެސް ދަށްވަމުން ދާ ކަމަށެވެ.

މައުޟޫޢުތަށް