ބިލެތްފަހި އެއާޕޯޓް ދެ އަހަރާއި ބައިގެ މުއްދަތުގައި ނިމޭނެ: ރައީސް
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 11:06
ށ. ބިލެތްފަހީގައި މިއަދު އަމަލީ މަސައްކަތް ފެށި އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ތެރޭގައި އެއްކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓަކީ މުޅި އަތޮޅަށް ވެސް ވަރަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ.
މިއަދު ހަވީރު އެއާޕޯޓު އެއްބަސްވުމުގައި ސޮއިކޮށް ވަނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ.