އަންނަ އަހަރު ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ސަރުކާރުގަ ނެތް: ރައީސް
މިހާރު
13 އޮކްޓޯބަރު 2025 | ހޯމަ | 11:17
ހުރިހާ ކަމެއް ވެސް ބައްޓަން ކޮށްފައި ވަނީ ރާއްޖެ ޑިފޯލްޓް ވިޔަ ނުދީ، އިގްތިސާދު ފުރިހަމަ އަށް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތަށް ކަމަށް ރައީސް ވިދާޅުވި.
އަންނަ އަހަރު ދައްކަންޖެހޭ ދެ ލޯނު ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ބިލެތްފަހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު އިގްތިސާދީ ހާލަތު އޮތް ގޮތް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.