ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ޖާމިނުވެ ސޮއިކޮށްފި

މިހާރު

13 އޮކްޓޯބަރު 2025 | ހޯމަ | 11:17

ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތަކަށް ނިމުމެއް ގެނައުމުގެ އެއްބަސްވުމަށް އެމެރިކާ، މިސްރު، ގަތަރު އަދި ތުރުކީން ޖާމިނުވެ ގަރާރެއްގައި ސޮއިކޮށްފި އެވެ.

"މި ލިޔުމުގައި ގަވައިދުތަކާއި އުސޫލުތަކާއި އަދިވެސް އެތައް ކަމެއް ހިމެނިގެންވާނެ،" މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށްދާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި މި ގަރާރުގައި ސޮއިކުރެއްވުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވި އެވެ.

ސޮއިކުރެއްވުމުގެ ކުރިން އޭނާ ވަނީ ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެކަން ދެމި އޮންނާނެ ކަމަށް ދެ ފަހަރު ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް