ޣައްޒާ ސަމިޓުގައި ނަތަންޔާހޫ ބައިވެރިވާން އެހެން ލީޑަރުން ދެކޮޅު ހެދުމުން ދަތުރު ކެންސަލް

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 12:17

މިސްރުގެ ޝަރުމުއްޝައިޚްގައި ބާއްވާ ޣައްޒާގެ ސުލްހައިގެ ސަމިޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވާން އެއްބަސްކުރުވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވި ނަމަވެސް ސަމިޓުގެ އެހެން ލީޑަރުން އެކަމާ ދެކޮޅުހަދައި ނަތަންޔާހޫ ސަމިޓުން ބޭރުކޮށްފި އެވެ.

އޭއެފްޕީއާ ވާހަކަ ދެއްކި ތިން އޮފިޝަލަކު ބުނި ގޮތުގައި ނަތަންޔާހޫ ސަމިޓަށް ދާން ނިންމީ ޓްރަމްޕުގެ އިތުރުން މިސްރުގެ ރައީސް އަބްދުލްފައްތާހް އައް ސީސީ ވެސް އެކަމަށް ނަތަންޔާހޫގެ ކިބައިން އެދުމުންނެވެ. އެކަމަކު އެހެން ބައެއް ލީޑަރުން އެކަމާ ދެކޮޅު ހެއްދެވީ ކަމަށާއި އެހެންވެ ސަމިޓުގައި ބައިވެރިވާން ފަހު ވަގުތު ނިންމި ނިންމުން ވެސް ކެންސަލްކުރީ ކަމަށް އޮފިޝަލުން ބުންޏެވެ.

ނަތަންޔާހޫ ސަމިޓަށް ދިޔަ ނަމަ، އިޒްރޭލަކީ ދައުލަތެއް ކަމަށް ބަލައިނުގަންނަ އަރަބި އިސްލާމީ އެތައް ގައުމެއްގެ ލީޑަރުންނާ އެއްތަންވާނެ އެވެ.

މައުޟޫޢުތަށް