ދެން ފެންނާނީ ވައުދުވި ގޮތަށް ކަންކަން ނިމިގެންދާތަން: ރައީސް

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 11:38

ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންވި ގޮތަށް ކަންކަން ނިމިގެންދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ށ. ފޭދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފޭދޫގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އެ ރަށު ސްކޫލްގެ މަސައްކަތް ކަމަށެވެ.

ސްކޫލުގެ ކްލާސްރޫމުތަކާއި މަލްޓިޕާޕޯސް ހޯލު ނިންމުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަން ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މައުޟޫޢުތަށް