ބަންކަރިންގެ ހިދުމަތުން އަދި ލިބުނީ 12.4 މިލިއަން ޑޮލަރު

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 1:08

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 192.1 މިލިއަން ރުފިޔާ (12.4 މިލިއަން ޑޮލަރު) ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން 192.1 މިިލިއަން ރުފިޔާ ލިބުނު އިރު ޓެކުހުގެ ގޮތުގައި ދައުލަތަށް 17.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

މައުޟޫޢުތަށް