އެމްޕީއެލްގެ އިންޓާންޝިޕަށް ހުޅުވާލައިފި

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 12:42

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ 10 ފުރުސަތު ދޭނެ އެވެ. އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މި ފަހަރު ހިމެނޭ ދާއިރާތަކަކީ، މާކެޓިން އެންޑް ޕީއާރާއި އެޑްމިން އާއި ފައިނޭންސް އާއި ޕްރޮކިއުމެންޓް އާއި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި އިންޖިނިއަރިންނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ނުވާ އަދި ގްރޭޑް 10 އެއް ނިންމާފައިވާ ކުދިންނަށެވެ.

މައުޟޫޢުތަށް