މުއައްސަސާތަކުގެ ވެރިންގެ މާލީ ބަޔާންތައް ބެލުން އޮޑިޓާ ޖެނެރަލާ ހަވާލުކުރަން މެމްބަރުން ދެކޮޅު
މިހާރު
14 އޮކްޓޯބަރު 2025 | އަންގާރަ | 2:36
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހަޅާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން މިއަދު ވާހަކަ ދައްކަވައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް އާންމު ކުރަން ލާޒިމުވާ ގޮތަށް އޮޑިޓް ގާނޫނާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުތައް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.
އެ ބިލު ދިރާސާކުރަން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ގިނަ މެމްބަރުން ވަނީ އެ ޒިންމާ އޮޑިޓާ ޖެނެރަލާ ހަވާލުކުރުމަކީ އެ އޮފީސް ސިޔާސީ ވެދާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.