ގާނޫނާ ހިލާފަށް އައްޑޫން ބޮޑު ބިމެއް ދޫކުރިކަމަށް ބުނެ މަޖިލީހުގެ ކޮމިޓީއަށް މައްސަލައެއް

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 4:09

އައްޑޫ މީދޫގެ ބޮޑު ބިމެއް، ގާނޫނާ ހިލާފަށް، އެއްބަސްވުމެއް ވެސް ނެތި އަމިއްލަ މީހަކަށް ދޫކޮށްލި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް މައްސަަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން މަޖިލީހުގެ ލާމަޒުކަޒީ ކޮމިޓީއަށް މިއަދު ހުށަހެޅުއްްވި މައްސަލައިގައި ތުހުމަތުކުރެއްވި ގޮތުގައި ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫ ޓޫރިޒަމް ޒޯނުން 17،000 އަކަފޫޓުގެ ބިމެއް ދޫކުރީ އާއްމުކޮށް އިއުލާނުކުރުމެއް ނެތި އެވެ.

އެ ކުންފުންޏާ ހަވާލުކުރީ ހަމަ އެ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު އޮންނަ އެެހެން ދެ ކުންފުންޏެއް ހިމެނޭހެން ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއް އެެއްކޮށްލައި އެއް ބިމެއްގެ ގޮތުގައި ކަމަށް ވެސް ކޮމިޓީއަަށް ހުށަހެޅުއްވި މައްސަލައިގައި އަބްދުއްރަހުމާނު ތުުހުމަތުކުރެއްވި އެވެ.

މައުޟޫޢުތަށް