"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި ގެނެސްދެނީ
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 6:39
ނެޓްފްލިކްސްގެ ކާމިޔާބު އިނގިރޭސި ސީރީޒް "ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން އަންނަ އަހަރު ޖެނުއަރީ މަހު ގެނެސްދޭން ނިންމައި ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ.
ނެޓްފްލިކްސް އިން މިދިޔަ ހޯމަ ދުވަހު އެ ޓީޒާ އާންމުކޮށް ބުނީ ހަތަރު ވަނަ ސީޒަން ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ އަންނަ އަހަރު ޖެނުއަރީ 29 އިން ފެށިގެން ކަމަށާއި ފަހު ހަތަރު އެޕިސޯޑް ސްޓްރީމްކުރަން ފަށާނީ ފެބްރުއަރީ 26 އިން ފެށިގެން ކަމަށް ނެޓްފްލިކްސް އިން ބުންޏެވެ.
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަންގައި ލީޑު ރޯލުތައް ކުޅޭނީ ލޫކް ތޮމްޕްސަންގެ ބެނެޑިކްޓް ބްރިޖަޓަން ކެރެކްޓާ އާއި މި ސީރީޒަށް އަލަށް ތައާރަފުވާ ޔެރިން ހާގެ ސޯފީ ބެކްގެ ކެރެކްޓާ އެވެ.