އެލައިޑް ތަކާފުލްގެ "ފަޔާ ތަކާފުލް" އޮންލައިންކޮށް ނެގޭނެ

މިހާރު

14 އޮކްޓޯބަރު 2025 | އަންގާރަ | 3:23

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އެލައިޑް ތަކާފުލްއިން "ފަޔާ ތަކާފުލް" އޮންލައިންކޮށް މިހާރު ނެގޭނެ ކަމަށް އެލައިޑުން ބުނެފި އެވެ.

އެލައިޑް ތަކާފުލްއިން ބުނީ އޮންލައިން ހިދުމަތާއެކު ފަޔާ ތަކާފުލް ނަގަން ބޭނުންވާ މީހުންނަށް އަވަހަށް، ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި އެ ހިދުމަތް މިހާރު "މައި އެލައިޑް"އިން ލިބޭނެ ކަމަށެވެ.

"ފަޔާ ތަކަފުލް" އަކީ އެލައިޑް ތަކަފުލްގައި ހިމެނޭ އެހެން ޕްރޮޑަކްޓުތަކެކޭ އެއްފަދައިން، އިސްލާމީ ޝަރީއާއަށް ފެތޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮޑަކްޓެކެވެ.

މައުޟޫޢުތަށް