ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ދާއޫދުގެ ބަދަލުގައި ހުޅުމާލެ ޕޮލިސް ޓޫފޯއާ ހަވާލުކޮށްފި
މިހާރު
14 އޮކްޓޯބަރު 2025 | އަންގާރަ | 6:17
ދާއޫދު ވަނީ މިއަދުން ފެށިގެން ޗުއްޓީއެއް ނަންގަވާފައި
އެސިސްޓެންޓް ކޮމިޝަނަރު އަދި ހުޅުމާލެ ޕޮލިސްގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު އާންމުކޮށްފައި ވަނިކޮށް، އޭނާ ޗުއްޓީ އަށް ވަޑައިގަތުމަށް ގުޅިގެން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.
އަހުމަދު މުހައްމަދާ އެ މަސްއޫލިއްޔަތު މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކުރި ނަމަވެސް ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާކޮށްފައިވާ ކަން ފަޅާ އަރާފައިވާ ދާއޫދާ މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އަދި ސާފެއް ނޫނެވެ.