ތުހުމަތުތައްކޮށް ނާޒިމް ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ދާއޫދު
މިހާރު
14 އޮކްޓޯބަރު 2025 | އަންގާރަ | 9:12
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ދާއޫދުގެ ގާނޫނީ ވަކީލުން ބުނެފި އެވެ.
ދާއޫދުގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ނާޒިމް ހުށަހެޅުއްވި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފަ އެވެ. ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.
އެ ރިޕޯޓު މާލިއްޔަތު ކޮމިޓީ އަށް ފޮނުވަން ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.