"ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ މަހު 17 ގައި ގެނެސްދެނީ

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 6:52

އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ މަހު 17 ގައި ގެނެސްދޭން ނިންމައިފި އެވެ.

"ދޭ ދޭ ޕިޔާރު ދޭ 2" ރިލީޒްކުރާ ތާރީހު އިއުލާންކޮށް، އެ ފިލްމުގެ ޓްރެއިލާ ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

ދެވަނަ ފިލްމުގައި ވެސް އަޖޭއާ އެކު ލީޑު ރޯލުން ފެންނަނީ، 2019 ވަނަ އަހަރު ގެނެސްދިން މީގެ ފުރަތަމަ ފިލްމުގައި އުޅުނު ރަކުލް ޕްރީތު ސިންގެވެ. އަދި މުހިންމު ރޯލުތަކުން އާރު މަދަވަން އާއި ގޯތަމީ ކަޕޫރް އަދި މީޒާން ޖަފްރީ ފެންނާނެ އެވެ.

މައުޟޫޢުތަށް