ލެވަންޑޯސްކީއަށް އެލް ކްލެސިކޯ ގެއްލިދާނެ

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 10:09

ބާސެލޯނާގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ، އޭނާއަށް މި މަހު ކުޅޭ ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ ނުކުޅެވޭނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.

"ރޮބާޓް ލެވަންޑޯސްކީގެ ވާތު ފައިގެ ފަލަމަސްގަނޑަށް ވަނީ ހޭމްސްޓްރިންގް އަނިޔާއެއް ކުރިމަތިވެފައި. އޭނާ ޓީމާ ދުރުގައި ހުންނަ އިރު، އަނިޔާގެ މުއްދަތު ދެނެގަނެވޭނީ ކުރިއަށް ދާ މިންވަރަކުން،" ބާސާގެ ބަޔާނުގައިވެ އެވެ.

އުމުރުން 37 އަހަރުގެ ޕޮލެންޑްގެ ކެޕްޓަން ވަނީ އެޓީމު އެންމެ ފަހުން މި ހަފްތާ ވޯލްޑް ކަޕް ކޮލިފައިންގައި ލިތުއޭނިއާ އަތުން 2-0 އިން މޮޅުވި މެޗުގައި ފުލް ކޮށް ކުޅެ ލަނޑެއް ވެސް ޖަހައިފަ އެވެ. ނަމަވެސް ހޭމްސްޓްރިންގް އަނިޔާއަކާ ގުޅިގެން އަންނަ ހަފްތާ ބަންދުގައި ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

މައުޟޫޢުތަށް