ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް އަޅަން ބަޔަކާ ހަވާލުކޮށްފި

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 9:59

ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް އަޅަން އެތިއޮން ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސްވެރިކަމުގައި އުޅޭ ކޮމަންޑޫގައި ކަންނެލީގެ މަސްވެރިކަން ވެސް ކުރެ އެވެ. އެކަމަކު ދޯނިތަކަށް ބޭނުންވާ އައިސް، ކައިރި ހިސާބަކުން ލިބޭނެ ގޮތެއް ނޯވެ އެވެ.

ދުރު ހިސާބުތަކަށް ދުއްވައިގެން އައިސް ހޯދަން ދިގު ދަތުރުތައް ކުރަންޖެހޭ ޝަކުވާއަށް ނިމުމެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މައުޟޫޢުތަށް