ބިން ހިއްކަން އެމްއޭސީއެލް އިން ތިން ޑްރެޖަރު ގެންނަނީ، ބޮޑު ޑްރެޖަރުން ހިއްކާނީ ރަސްމާލެ
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 9:33
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ބިންތައް ހިއްކަން އެ ކުންފުނިން މި އަހަރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ރަށްރަށުގައި އެއްފަހަރާ އެފަދަ ކަންކަން ކުރަން ފަށާފައިވާތީ އެކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ކޮންމެ ކަމެއް ކުރަނީ ވެސް ޕްލޭނެއް އޮވެގެން ކަމަށާއި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއުއެއް ވެސް ކުރިއަށް ގެންދާނީ އެއްފަހަރާ ކަމަށެވެ.