އިންގްލެންޑް ވޯލްޑް ކަޕަށް، ޓުޗެލް އަށް ސަޕޯޓަރުންގެ ޖަވާބު

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 10:18

ލަޓްވިއާ 5-0 އިން ބަލިކޮށް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވި ޔޫރަޕްގެ ފުރަތަމަ ގައުމުގެ ޝަރަފް އިންގްލެންޑް ހޯދި މެޗުގައި އެ ގައުމުގެ ސަޕޯޓަރުން، ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ޖަވާބު ދީފި އެވެ.

ލަޓްވިއާގައި ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ކުރިން އިންގްލެންޑުގައި ވަނީ ވޭލްސްއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބުގެ އަޑު މަޑުވުމުން ޓުޗެލް ވަނީ ސަޕޯޓަރުންގެ އެހީ ފުރިހަމައަށް ޓީމަށް ނުލިބޭކަމަށް ބުނެފަ އެވެ. މިއާ ގުޅިގެން ރޭގެ މެޗުގައި ސަޕޯޓަރުން ވަނީ ޓުޗެލް އަށް އޭގެ ރައްދު ދީފަ އެވެ.

"އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު. އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު. ތޯމަސް ޓުޗެލް، އަހަރެމެން ލަވަކިޔާނީ ބޭނުން ވަގުތަކު،" އިނގިރޭސި ސަޕޯޓަރުން އަޑު ހަރުކޮށް ގޮވި އެވެ.

މައުޟޫޢުތަށް