އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނަން: އޭޖީ

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 11:27

އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް ބަދަލުތައް ގެންނަން އެކުލަވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ.

މީކާއިލް ސުވާލުކުރެއްވީ، އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭޖީ އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު ބާތިލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ.

މައުޟޫޢުތަށް