އަބުރުގެ ގާނޫނުގެ ބިލް މަޖިލީހުގެ މިދައުރަށް ހުށަހަޅަނީ
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 12:07
އަބުރުގެ ގާނޫނުގެ ބިލް މަޖިލީހުގެ މިއަހަރުގެ މި ދައުރަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަަވާބުދެއްވަމުން އުޝާމް ވިދާޅުވީ އަބުރުގެ ގާނޫނުގެ މަސައްކަތް މިހާރު އަވަަސްކުރަން ޖެހިފައިވާ ކަމަށާއި އެއީ އަބުރުގެ ބަަދަލު ނަގައިދިނުމުގެ ގަވައިދަށް ބާރުދޭ އާއްމު ގަވައިދުތަކުގެ ގާނޫނުގެ މުއްދަތު އަންނަ އަހަރު ހަމަވާތީ ކަމަށެވެ.
އާއްމު ގަވައިދުތަކުގެ ގާނޫނަކީ އާ ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި އިރު އަމަލުކުރަމުން އައި ބައެއް ގަވައިދުތަކަށް ބާރުދޭނެ ގާނޫނު ނެތުމުން، އެ ގަވައިދުތަކަށް ބާރުދޭން ހެދި ވަގުތީ ގާނޫނެކެވެ.