އައިޝަތު އަލީއަށް އޭސީސީން ކުރާ ތުހުމަތު ވެސް ސާފުކޮށެއްނުދެވޭ: ވަކީލުން

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 2:18

ސްވިފްޓް އިންޖީނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭސީސީއަށް ހާޒިރުކުރުމަށް ފަހު ވެސް، ތުހުމަތު ސާފުކޮށްނުދެވޭ ކަމަށް، އޭނާގެ ވަކީލުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ތަހުގީގަށް ދެ ގަޑިއިރު ވަންދެން ސުވާލުކުރުމަށް ފަހު، އެ ތަނުން ނުކުމެވަޑައިގެން އައިޝަތު އަލީގެ ވަކީލް، އަހުމަދު މައުރޫފް ވިދާޅުވީ އެ ކޮމިޝަނުން ކުރާ ތުހުމަތުގައި އޮތީ ނުހައްގު ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ނުހައްގު ބަދަލެއް ކަމަށް ކަނޑައެޅީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެކަމަށް ވަކި ތަފްސީލެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އައިޝަތު އަލީ ބައިވެރިވެވަޑައިގަތީ ލަފާ ދޭ ކޮމެޓީއެއްގައި ކަމަށާއި އެއީ ގޮތް ނިންމާ ކޮމެޓީއެއް ނޫން ކަމަށެވެ. އަދި ނުހައްގު ބަދަލެއް ދިން ކަމަށް ކޮށްފައިވާ ތުހުމަތާ ގުޅޭގޮތުން އޭސީސީން ސުވާލެއް ނުކުރާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

މައުޟޫޢުތަށް