އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 2:25

ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ކަނޑައެޅި 23 ބާވަތުގެ ތަކެތި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ނިންމާފައިވަނީ 10 ވައްތަރެއްގެ ތަރުކާރީ އާއި 10 ވައްތަރެއްގެ މޭވާގެ އިތުރުން މުގާއި ކާއްޓާއި ކުކުޅުބިހެވެ. އެސްޓީއޯއިން އެތެރެކުރާ ތަރުކާރީގެ ތެރޭގައި ފިޔާ އާއި އިނގުރާއި ކެރެޓާއި ބަށީގެ އިތުރުން ކައްޓަލަ އާއި އަލުވި އާއި ކެބެޖާއި ބަރަބޮލާއި ބޯވެލި އަދި ލޮނުމެދު ހިމެނެ އެވެ. އެސްޓީއޯއިން ވިއްކާ މޭވާގެ ތެރޭގައި ހިމެނެނީ ދޮންކެޔޮ އަދި އާފަލާއި އޮރެންޖާއި ލުނބޯ އާއި ޖުމްހޫރީ މޭވާގެ އިތުރުން އަނބާއި ފަޅޮލާއި ކަރާގެ އިތުރުން މިރުހާއި މޭބިސްކަދުރެވެ.

އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާ އެތެރެކުރަން ނިންމި ބާވަތްތަކަކީ އަގު މައްޗަށް ދިއުމުން އާއްމުންނަށް އެންމެ ބޮޑަށް އަސަރުކުރާ ތަކެއްޗާއި އިމްޕޯޓް ޑޭޓާގެ އިތުރުން އާއްމު ސިއްހަތަށް ބޭނުންވާ ތަކެއްޗަށް ބަލާ ދިރާސާކުރުމަށްފަހު ކަނޑައެޅި ބާވަތްތަކެކެވެ.

މައުޟޫޢުތަށް