ހަމަލާތައް ހުއްޓާލިޔަސް ފަލަސްތީނުގެ ދައުލަތެއް އުފެދުމުން ނޫނީ އިޒްރޭލު ޕާސްޕޯޓާ މެދު ނުވިސްނާނަން: އޭޖީ
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 2:51
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދިޔަ ހަމަލާތައް ހުއްޓާލަން އިޒްރޭލާއި ހަމާސް އިން އެއްބަސްވެ އެކަން ތަންފީޒުކުރަން ފަށާފައި ވިޔަސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުވަނީސް ރާއްޖޭން އިޒްރޭލުގެ ޕާސްޕޯޓް ހުއްދަކުރުމާ މެދު ނުވިސްނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އޮތީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައި އޮތީ އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަަމަށެވެ.
އެހެންވެ، އޮކްޓޫބަރު 7 ގައި ފެށި ހަމަލާތައް ހުއްޓާލުމުން އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި އަލުން ހުއްދަވީތޯ އެއީ މިހާރު އޮތް ސުވާލެކެވެ.