ށ. އަތޮޅުގެ ތަރައްގީއަށް މިލަންދޫގެ އެއާޕޯޓް ވަރަށް މުހިއްމު: ރައީސް

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 4:48

ށ. މިލަންދޫގައި އަމަލީ މަސައްކަތް މިއަދު ފެށި އެއާޕޯޓަކީ ތަރައްގީ އާއި އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ވެސް ސަރަހައްދަށް ވަރަށް މުހިއްމު އެއާޕޯޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ މިލަންދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ. މި އެއާޕޯޓަކީ އެ ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ އުއްމީދެކެވެ.

އެމްއޭސީއެލްއާ އެއާޕޯޓް ހަވާލުކުރީ، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމުމަށެވެ. މިއީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބޭ ހަތަރު ވަނަ އެއާޕޯޓެވެ. ފުނަދޫގައި މިހާރު އެއާޕޯޓެއް އޮވެ އެވެ. އޭގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ބިލެއްފައްސާއި ކޮމަންޑޫގެ އެއާޕޯޓުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މައުޟޫޢުތަށް