އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ކޯޗު ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 6:12

އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލްކޮށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވުނު ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހްމަދު ފަސް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ސޮފްވާންގެ މައްސަލަ ބަލަން، ވީއޭއެމުން އެޑްހޮކް ކޮމިޝަނެއް އުފައްދައި، ގައުމީ ވޮލީ ޓީމުގެ މަގާމުން އޭނާ އެކެރި ކުރި އެވެ.

އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ރިއާޔަތްކޮށް ވީއޭއެމްގެ އެސްކޯއިން ނިންމީ ވޮލީގެ އެންމެހާ ހަރަކާތްތަކުން އޭނާ ސަސްޕެންޑް ކުރުމަށެވެ.

މައުޟޫޢުތަށް