ޕޭޕަލް މެދުވެރިކޮށް ފައިސާ ގެނައުމުގެ ލައިސަންސް އުރީދޫ ފިންޓެކަށް ދީފި
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 8:11
ބޭރު ގައުމުތަކަށް ރާއްޖެއިން ވިއްކާ ތަކެއްޗާއި ހިދުމަތުގެ ގޮތުގައި ދައްކާ ފައިސާ ޕޭޕަލް މެދުވެރިކޮށް ރާއްޖެ ގެނައުމަށްޓަކައި ނަގަން ޖެހޭ އިންވާޑް ރެމިޓެންސް ލައިސަންސް މަރުކަޒީ ބޭންކް އެމްއެމްއޭ އިން އުރީދޫ ފިންޓެކަށް ދީފި އެވެ.
އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރަސްމީކޮށް އުރީދޫއާ އެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމަދީ އެވެ.
އެ ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓު ޚާލިދު އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް އިގްތިސާދެއް ބިނާކުރަން އެމްއެމްއޭއިން ކުރާ މަސައްކަތަށް އުރީދޫން ދޭ އަހައްމިއްޔަތަށް އިތުރު ބާރެއް ލިބޭނެ ކަމަށެވެ.