ގާނޫނާ ހިލާފަށް ބިމެއް ދޫކުރި ކަމުގެ ތުހުމަތު ނިޒާރު ދޮގުކުރައްވައިފި

މިހާރު

15 އޮކްޓޯބަރު 2025 | ބުދަ | 10:34

ސަންވިލް ނަމަކަށް ކިޔާ ކުންފުންޏަކަށް އައްޑޫ މީދޫން ގާނޫނާ ހިލާފަށް ބޮޑު ބިމެެއް ދޫކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން ކުރެއްވި ތުހުމަތު އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު ދޮގުކުރައްވައިފި އެވެ.

އައްޑޫ ސިޓީކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މީދު އާއި އައްޑޫގެ އެހެން އަވަށްތަކުން ޓޫރިޒަމަށް ދޫކުރި ބިންތަކުގެ ވެސް ޑިޒައިން ބަދަލުކޮށްފައި ވާނެ ކަމަށާއި އެއީ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކަށް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ.

"ހަގީގަތަކީ ކައުންސިލުން، މީދޫ ބިމެއް ނޫން ހުރިހާ ބިމަކަށް ވެސް، ފޭދުގައި ވެސް އަދި ހިތަދޫގައި ހުރި ޓޫރިޒަމް ޒޯނު ބިންތަކަށް ވެސް ހަމަ ބޮޑެތި ބަަދަލުތައް އަޅުގަނޑުމެން ގެންނަން. ހަމަ ބިންތައް ގެސްޓް ހައުސްތަކަށް އިތުރުކޮށްދެން، ގެސްޓްހައުސް އަޅަމުން އަންނަ ފަރާތްކަށް ކައިރީގައި ހުންނަ ބިންތައް ވެސް އިތުރުކޮށްދެން،" ނިޒާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް