އުތުރުގެ މަސްވެރިންނަށް އުފާވެރި ރެއެެއް، ފުނަދޫގައި 30 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފި
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 10:43
ށ. ފުނަދޫގައި މި ސަރުކާރުން އަޅަންފެށި 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި މިރޭ ހުޅުވައިފި އެވެ.
އައިސްޕްލާންޓް ހުޅުއްވައިދެއްވީ ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމަނިކުފާނާ އެކު އެ ތަން ހުޅުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.
ފުނަދޫ އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.