ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީކޮށް ޑިސެމްބަރުގައި ރޭގަނޑު ދަތުރުތައް ފަށަނީ
މިހާރު
15 އޮކްޓޯބަރު 2025 | ބުދަ | 11:36
ށ. ފުނަދޫ އެއާޕޯޓް އިތުރަށް ތަރައްގީކުރަން މިރޭ ފެށި މަޝްރޫއު ނިމޭއިރު، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އެ އެއާޕޯޓުން ރޭގަނޑުގެ ދަތުރުތައް ވެސް ފެށޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މުޅި ށ. އަތޮޅު މިހާރު ބަރޯސާވެފައި އޮތް ފުނަދޫ އެއާޕޯޓުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ހިދުމަތްތައް ނުލިބުމުގެ ކަންބޮޑުވުން އޮވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުނަދުއަށް ވަޑައިގެން އެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން މިރޭ ވަނީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި އިތުރު ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވައިފަ އެވެ.