ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދަން މަޝްރޫއެއް
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:01
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދެވޭނެ ނިޒާމެއް ގާއިމުކޮށް، އިންކްލޫސިވް ކުލާސްރޫމްތައް އެޅުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ފުނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަން ރުފިޔާ ކަނޑައަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ތައުލީމާއި ސިއްހީ ދާއިރާ ކުރިއަރުވަން ކަމަށެވެ.
ތައުލީމީ ދާއިރާއަށް 500 މިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.