އާ މަޝްރޫއުތަކަށް އަންނަ އަހަރު ތިން ބިލިއަން، ތައުލީމާއި ސިއްހީ ދާއިރާއަށް އިސްކަންދޭނެ: ރައީސް

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:41

އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ތައުލީމަށާއި ސިއްހީ ދާއިރާއަށް އެންމެ ބޭނުންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އަންނަ އަހަރު ތައުލީމީ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާންކުރެއްވި އެވެ.

މައުޟޫޢުތަށް