ލަންކާ ކުންފުންޏާ ދެކޮޅަށް ކުރި ދައުވާގައި ވަކީލުން ކަންކުރި ގޮތް ޕީއެސްއެމުން ބަލަނީ
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:50
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރެއަށް ރޭޑިއޯ ފްރިކުއެންސީ ފޮނުވަން ހިންގި "ނިއު މީޑިއަމް ވޭވް ޓްރާންސްމިޓިން ސްޓޭޝަން ޕްރޮޖެކްޓް" ހަވާލުކުރި ސްރީ ލަންކާގެ ކުންފުނިން މަސައްކަތް ފުރިހަމަނުކޮށް އޮތުމުން ކުރި ދައުވާ، ސިވިލް ކޯޓުން ބޭރުކޮށްލި އިރު ވަކީލުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސިވިލްކޯޓުން އެ މައްސަލަ ބޭރުކޮށްލި ހުކުމުގައި އޮތީ ދައުވާ ފޯމުގައި ދީފައިވާ ނަމްބަރާއި ދައުވާ ފޯމުގައި ހިމަނާފައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް، ތާންތުރީ ޓްރެއިލާސް އަށް ލިޔެކިޔުންތައް ރައްދުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިޔުންތައް ޑެލިވާ ނުވެ ފެއިލްވެފައިވާ ކަމަށާއި އެހެންވެ އެ ފަރާތުގެ މިހާރުގެ ނަމްބަރު ހިއްސާކުރުމަށް ޕީއެސްއެމަށް 2023ގެ ޑިސެމްބަރުގައި އެންގި ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ އެއީ ވުޖޫދުގައި އޮތް ކުންފުންޏެއް ކަން ކަށަވަރުނުވާ ކަމަށް ވެސް އެ ހުކުމުގައި ވެ އެވެ.