ޣައްޒާގައި ހަމަލާތައް އަލުން ފަށަންޖެހިދާނެ ކަމަށް އިޒްރޭލުން އިންޒާރު ދީފި

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 6:50

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސް އިން އަމަލު ނުކުރާ ނަމަ ޣައްޒާގައި އަލުން ހަމަލާތައް ފަށަން ޖެހިދާނެ ކަމަށް ބުނެ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް އިންޒާރު ދީފި އެވެ.

އޭނާ މި އިންޒާރު ދީ ބަޔާނެއް ނެރުނީ އިޒްރޭލުގެ އަސީރުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ކަށިތައް ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ދެ މީހެއްގެ ކަށިތައް އިޒްރޭލާ ހަވާލުކޮށް އިތުރު ހަށިތައް ޣައްޒާގެ ފުނޑުފުނޑު ވެފައިވާ އިމާރާތްތަކުގެ ތެރެއިން ހޯދައި ނަގަން އެކަމަށް ހާއްސަ އާލާތްތައް ބޭނުންވާނެ ކަމަށް ހަމާސް އިން ބުނުމާ އެކުގަ އެވެ.

އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް އިން އިޒްރޭލުގެ ދިރިތިބި 20 އަސީރުންނާއި މަރުވެފައިވާ 28 އަސީރެއްގެ ހަށިތައް ހަވާލުކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްތީނުގެ 2000 މީހަކު މިނިވަންކުރި އެވެ.

މައުޟޫޢުތަށް