ދެވަނަ ފިލްމަށް އަހާންގެ އާ ހެއާކަޓެއް
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:23
ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ޒުވާން އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމަށް އޭނާގެ އިސްތަށިގަނޑު ކޮށާލައި ހެއާސްޓައިލް ބަދަލުކޮށްލައިފި އެވެ.
އަހާން ވަނީ އޭނާގެ އާ "ހެއާކަޓް"ގެ ފޮޓޯތައް އިންސްޓަގްރާމްގައި އިއްޔެ ޕޯސްޓުކޮށްފަ އެވެ.
"ސައްޔާރާ"ގެ ބޮޑު ކާމިޔާބީއަށް ފަހު އަހާން މިހާރު ތައްޔާރުވަމުން އަންނަނީ ޔަޝް ރާޖް ފިލްމްސްއާ އެކު އޭނާ ކުޅޭ ދެވަނަ ފިލްމަށެވެ. އެއީ، "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ކަހަލަ ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ ފިލްމެކެވެ.