އެމްޑީޕީގެ ސަރުކާރުގައި އެއް އާއިލާއަކަށް ދެ ފްލެޓެއް ނުދެން: އަކްރަމް
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:36
އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެއްވެސް ދެމަފިރިއަކަށް އެކުގައި ފްލެޓު ދީފައިނުވާނެ ކަމަށް އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު ކުރީގެ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގެ ހައުސިން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ އެގޮތަށް އެއްވެސް ބަޔަކަށް ފްލެޓް ދީފައިނުވާނެ ކަމަށެވެ.
"މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެން ސަރުކާރުގައި 900 އެތައް ބަޔަކަށް އަޅުގަނޑުމެން އެގޮތަށް ފްލެޓް ދިނޭ. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. އެއީ އޮޅުވާލުމެއް،" އަކްރަމް ވިދާޅުވި އެވެ.