މެސީ ވެސް މި ހަފުތާގައި އަވަދިނެތި އުޅެނީ ރެކޯޑް ހެދުމުގައި

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:12

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، ގޯލް ޖެހުމުގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑެއް ގާއިމު ކޮށްފި އެވެ.

މި ހަފްތާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި 6-0 އިން ޕުއެރްތޮ ރިކޯ ބަލިކުރަން ދެ އެސިސްޓް ކޮށްގެން މެސީ ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ އެސިސްޓް ކުރުމުގެ ރެކޯޑް މުގުރާލައިފަ އެވެ.

އުމުރުން 37 އަހަރުގެ މެސީ ވަނީ އާޖެންޓީނާއަށް މިހާތަނަށް ކުޅެދިން 195 މެޗުން 60 އެސިސްޓް ކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ 59 އެސިސްޓާ އެކު ބްރެޒިލްގެ ނޭމާ އަތުގަ އެވެ.

މައުޟޫޢުތަށް