އައްޑޫ ރިފަރެންޑަމް ވޯޓާ ގުޅޭ ބަހުސެއް "މިހާރު" އިން ބާއްވަނީ
މިހާރު
18 އޮކްޓޯބަރު 2025 | ހޮނިހިރު | 7:59
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ތާރީހީ، ފެންނަ ނުފެންނަ ވޯޓާ ގުޅޭ ބަހުސެއް މާދަމާ ރޭ "މިހާރު" އިން ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދު އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލުތައް ހެދުމަށް ފެނޭތޯ ބެލުމަށް ތިން ރަށުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓާ ގުޅޭގޮތުން "މިހާރު" އިން ބަހުސެއް ބާއްވަން ނިންމާފައިވާއިރު، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ އައްޑޫގެ އެކި ދާއިރާތަކުގައި ތަޖުރިބާކާރު ބޭފުޅުންނެވެ.