ދައުރު ހަމަވުމުން ބީއެމްއެލްގެ ސީއެފްއޯ މަގާމުން ވަކިވެއްޖެ
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:07
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ނަންދަނަ ސެނެވިރަތުނެގެ އޭނާގެ މަގާމުގެ ދައުރު ހަމަކުރުމަށް ފަހު ބީއެމްއެލް އިން މިއަދު ވަކިވެއްޖެ އެވެ.
އޭނާ މަގާމުން ވަކިވެވަޑައިގަތީ 11 އަހަރު ބޭންކްގައި ހިދުމަތް ކުރެއްވުމަށް ފަހު އެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލްގެ ފައިނޭންސްގެ ޑިވިޝަނަށް ނަންދަނަ ގެނެސްދެއްވި ބޮޑެތި ފަހި ބަދަލުތަކަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ޝުކުރުއަދާކުރެއްވި ކަމަށެވެ.