މުދާ ހިފައިގެން ނައިފަރަށް ދަތުރުކުރި ބޯޓެއް އަޑިއަށް ހިނގައްޖެ

މިހާރު

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:07

މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓެއް މިއަދު އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނީ "ނަސްރު ބޯޓު" ދިޔަވާތީ، އެއިން ދަތުރުކުރި ފަސް ފަޅުވެރިން ސަލާމަތްކޮށް ކޯސްޓުގާޑު އުޅަނދަށް ނަގާފައިވާ ކަމަށެވެ. އޭގެ ތަފްސީލެއް ނުލިބެ އެވެ.

ފޮލޯމީ އެޕް ދައްކާގޮތުން، ހދ. ނޭކުރެންދޫގައި ދުއްވާ އެ ބޯޓު އަޑިއަށް ދިޔައީ ޅ. އޮޅުވެލިފުށި ކައިރިއަށެވެ. އެ ބޯޓު މާލެއިން ފުރައިގެން ކ. ގާފަރަށް ގޮސް، އެ ރަށުން ފުރާފައިވަނީ މިއަދު ހެނދުނު 6:48 ގަ އެވެ.

މައުޟޫޢުތަށް