ކޮޅުވެއްޓި ބަންޑުން ޖަހާލުމުން ގެއްލުނު ދެވަނަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:21
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރު ކުރަމުން ދަނިކޮށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެވަނަ މީހާގެ ކަނޑު އަޑިން ނަގާފައިވާ ކަމަށެވެ. މިހާތަނަށް ގެއްލިގެން ހޯދަމުން ދިޔައީ އިންޑިއާ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ފުލުހުން ބުނީ، ފަހުން ފެނިފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އިންޑިއާ މީހާގެ ހަށިގަނޑު ކަމަށާއި، ލަންކާއަށް ނިސްބަތްވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.