ކުރީގެ އޭޖީ ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފި
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:37
މިދިޔަ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވި އިބްރާހިމް ރިފްއަތު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށްފި އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފައި ވަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އޭސީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް، އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.