ކައިރި ކައިރީގައި އެއާޕޯޓު އަޅާތީ ނަޝީދު ފާޑުވިދާޅުވެއްޖެ
މިހާރު
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 8:10
ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ހިންގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި ހަތަރު އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި ނަޝީދު ވިދާޅުވީ އުތުރުގައި އިތުރު ހަތަރު އެއާޕޯޓު އޮއްވައި، އިތުރު ހަތަރު އެއާޕޯޓު އަޅަނީ 19-36 މިނެޓާ ދޭތެރޭގައި ސްޕީޑު ބޯޓެއްގައި ދެވޭހާ ކައިރީގަ ކަމަށެވެ.
ނަޝީދު ވިދާޅުވީ އޭގެ ސަބަބުން ހުރިހާ އެއާޕޯޓެއްގައި ވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނޯންނާނެ ކަމަށެވެ. އަދި ގައުމީ އެއާލައިނަށް ވެސް ދެއުޅިއެއް ނުވާ ހަރަދުތަކެއް ކުރަން ޖެހުމުގެ އިތުރުން ލޯކަލް ޓޫރިޒަމްގައި ކުރަންޖެހޭ މަންފާ ވެސް އޭގެ ސަބަބުން ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.